މުއައްސަސާތަކުގައި ކުނީގެ މިންވަރު މަދުކުރުން

ކަރުދާސް ކުނި މަދުކުރުން، ޕްލާސްޓިކް ކުނި މަދު ކުރުން، އަދި ލިޔެކިޔުން ޕްރިންޓް ކުރުމަށް ކުލަ ބޭނުންކުރާވަރު މަދުކުރުން!

  1. އަބަދުވެސް ގަނޑުގެ ދެފުށަށް ޕްރިންޓްކުރަން އާދަ ކުރާށެވެ. ގަނޑުގެ އެއްފުއް ހުހަށް ދުއްވާނުލާށެވެ.
  2. ޑޮކިއުމެންޓްގެ ޑްރާފްޓް ޕްރިންޓު ކުރާނަމަ އެއްފުށް ބޭނުންކުރެވިފައި ހުރި ގަނޑަށް ޕްރިންޓް ކރާށެވެ. ނުވަތަ ކޮމްޕިއުޓަރުގައި ޑޮކިއުމަންޓް ކިޔައި، އެޑިޓް ކުރަން އާދަ ކުރާށެވެ.
  3. އީމެއިލް ތައް ޕްރިންޓް ނުކުރާށެވެ. ކޮމްޕިއުޓަރުގައި އާކައިވް ކުރާށެވެ.
  4. ނޯޓް ނަގަން އެއްފަހަރު ބޭނުންކޮށްފައި ހުރި ހުސްތަންތަން ހުރި ގަނޑު ބޭނުންކުރާށެވެ.
  5. ގިނަ ފަހަރު ބޭނުންކުރެވޭ ވައްތަރުގެ ޕްރިންޓަރ ކާޓްރިޖް ބޭނުން ކުރާށެވެ. ޑްރާފްޓް ތަކުގައާއި ކޮންމެހެން ބޭނުން ކުރަންނުޖެހޭ ޑޮކިއުމްންޓް ތަކުގައި މެނުވީ ކުލަ ޕްރިންޓް ބޭނުންނުކުރާށެވެ.
  6. އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ތަށި ޖޯޑު، އޫ ސަމުސަލުގެ ބަދަލުގައި އެމީހެއްގެ އަމިއްލަ، ގިނަފަހަރު ބޭނުންކުރެވޭ ތަށި ގެންގުޅޭށެވެ.
  7. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގެ ބަދަލުގައި ފިލްޓަރު އަދި ޑިސްޕެންސަރު ހަރުކުރާށެވެ.
  8. މުއައްސަސާގެ ކުނި މެނެޖް ކުރުމުގެ ސިޔާސަތަށް މުއައްޒަފުން ހޭލުންތެރި ކުރުވައި ތަމްރީނު ކުރާށެވެ.
  9. ކުނި މެނެޖް ކުރުމުގައި ޙާޞިލު ކުރަން ބޭނުންވާ ލަނޑުދަނޑި ތައް ކަސްޓަމަރުންނަށް އަންގައިދޭށެވެ.
  10. ބޭނުން ނުކުރާ ތަކެތި ކޮންމެވެސް އެހެން ބަޔަކަށް ނުވަތަ ތަނަކަށް ހަދިޔާ ކުރާށެވެ.