ޓްރެއިނިންގ އޮފް ޓްރެއިނަރސް އޮން ސޮލިޑް ވޭސްޓް މެނޭޖްމަންޓް

ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނެޖްމަންޓް ޕްރޮޖެކްޓްގެ ރައްޔިތުން ހޭލުންތެރިކުރުމާއި، ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ގްރޭޓްރ މާލޭގައި ހިންގުނު ތަމްރީނު ވެރިން ތަމްރީނު ކުރުމުގެ ފުރަތަމަ ޕްރޮގްރާމް 25 ސެޕްޓެމްބަރު 2021 ވީ ހޮނި ހިރު ދުވަހު ހިންގުނެވެ. މި ޕްރޮގްރާމްގައި ސްކޫލް ޓީޗަރުންނާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއާއި، ސިވިލް ސަރވިސް ޓްރޭނިންގް ސެންޓަރާއި، ލޯކަލް ގަވަރމަނޓް އޮތޯރިޓީ އަދި އެކި ޖަމްޢިއްޔާ ޖަމާއަތް ތަކަށް ނިސްބަތްވާ، މުޅިއެކު 19 ބައިވެރިއަކު ބައިވެރި ވިއެވެ.