ކުނި މެނެޖް ކުރުމަށް ޕްލޭންކުރުމުގެ މަސައްކަތް ވ. އަތޮޅު ފެލިދޫ ގައި ޕައިލެޓް ކުރެވުން

ހެޔޮގޮތުގައި ކުނި މެނެޖްކުރުމަށް ޕްލޭން ކުރުމަކީ ކުނި މެނެޖް ކުރުމުގެ މުހިންމު ބައެކެވެ. ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މަނަޖެމަންޓް މަޝްރޫޢުގެ ދަށުން ކުނި މެނެޖް ކުރުމަށް ޕްލޭންކުރުމުގެ މަސައްކަތް ޕްއިލެޓް ކުރެވުނީ މި ހިނގާ އޮކްޓޯބަރު މަހުގެ 10 އިން 12 އަށް ވ އަތޮޅު ފެލިދޫގައެވެ. ރަށުކައުންސިލުންނާއި، އަންހެނުންގެ ތރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރަށުގެ އެހެނިހެން މުއައްސަސާ ތަކުން 15 ބޭފުޅުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ރަށުގައި ކުނި މެނެޖް ކުރުމަށް ހުރި މައްސަލަތަކަށް މަޝްވަރާ ކުރެވުނެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަޝަރޫގެ ދަށުން ޤާއިމު ކުރެވޭ ކުނި މެނެޖް ކުރުމުގެ މަރުކަޒު ހިންގުމާއި ހެޔޮގޮތުގައި ރަށުގައި ކުނި މެެޖް ކުރެވޭނެ ގޮތްތައް ދެނެގަނެ މަޝްވަރާ ކުރެވުނެވެ.