ކާބޯތަކެތިން އުފެދޭ ކުނި މަދުކުރުމާ ކާދު ހެދުން

 

ކާބޯތަކެތިން އުފެދޭކުނި މަދުކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެވެ. ކާބޯތަކެތިންއުފެދޭ ކުނި މަދުކުރުމުން އިގްތިސާދީ ގޮތުން ފައިދާވެ، އާންމުންގެ ސިއްހަތަށާއި ތިމާވެށްޓަށް ލިބޭގެއްލުންތައް ކުޑަކުރުމަށް އެހީތެރިކަން ލިބެއެވެ. ކާބޯތަކެތިން އުފެދޭ ކުނި އެއްކޮށް ނައްތާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިގޮތުން ބިސްތޮށި، ކަރުގޮހޮރު، ތަރުކާރީތޮށި ފަދަތަކެއްޗަކީ އުކާލަންޖެހޭ ތަކެއްޗެވެ. ކާބޯތަކެތިން އުފެދޭ ކުނިން ކާދު ތައްޔާރުކުރުމަކީ ހެޔޮގޮތުގައި ކުނި މެނޭޖްކުރުމަށް ކުރެވިދާނެ ކަމެކެވެ. މިގޮތަށް ފަނާވާޒާތުގެ ކުނި ބޭނުންކުރުމުން އާއްމުންގެ ސިއްހަތަށާއި ތިމާވެށްޓަށް ކުނީގެ ސަބަބުން ލިބޭގެއްލުން ކުޑަކުރެވެއެވެ.