ކުނި މެނޭޖްކުރާގޮތް ބަދަލު ކޮށްލަމާތޯ

ކުނިން ހަކަތަ އުފެއްދުން: ކުނި މެނޭޖްކުރުމުގައި ރާއްޖޭގެ ކުރިމަގު

#މަގޭދިވެހިބިން

އަމާޒަކީ ކުނި މެނޭޖްކުރުމަށް ޒަމާނީ ބަދަލެއް ގެނައުން

މައުލޫމާތު ޕޯޓަލް

ބައިވެރިވުން

މަޝްރޫޢު

ކުނި ނައްތާލުމާބެހޭ ޕްރޮޖެކްޓް

މި މަޝްރޫޢުގެ މައިގަޑު އަމާޒަކީ ޒޯން 3 ގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނިމެނޭޖް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. މަޝްރޫއިން ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ގިނަގުނަ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ކުނިމެނޭޖް ކުރާ ސިސްޓަމް ފަރުމާކުރުން، ކުނި މެނޭޖްކުރުމަށް ބޭނުންވާ އާލާތް ތަކާއި މެޝިނަރީ ހޯދުން، މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ބިނާކުރުން/ ތަމްރީނުކުރުން، އާންމުން ހޭލުންތެރިކުރުމަށާއި އަހުލުވެރިކުރުވުމަށް އަދި އާދާކާދަ ބަދަލުކުރުމަށް ކެމްޕޭނުތައް ހިންގުން ހިމެނެއެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ ތިލަފުށީގައި ސަރަހައްދީ ކުނި ނައްތާލާ ކުނިން ހަކަތަ އުފައްދާ މަރުކަޒެއް ގާއިމްކުރުން

ޕްރޮޖެކްޓް ބާހާލެވިފައިވަނީ
…މައިގަނޑު 2 ފިޔަވައްސަކަށް

ފިޔަވަހި 2

މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް، ވޭސްޓް ޓު އެނަރޖީ ޕްލާންޓަކާއި ލޭންޑް ފިލްއެއް ހިމެނޭގޮތަށް ޤާއިމްކުރުނ

ކުނި ޖަމާކުރާ ސަރަހައްދު ތަރައްޤީކުރުން

ކުނިމެނޭޖްކުރުމުގައި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީން ދިނުން އަދި އާންމުން ހޭލުންތެރިކުރުން

ފިޔަވަހި 1

ކުނި ނެގުމާއި ގްރޭޓަރ މާލެ ސަރަހައްދުން ކުނި ޓްރާންފަރކުރުން (އުފުލުން) އަދި ސައިޓް މެނޭޖް ކުރުމަށާއި ލޮޖިސްޓިކަލް މަސައްކަތްތަކަށް ކުރިއެރުން ގެނެސްދިނުން

ރަށްރަށުގެ ކުނި މެނޭޖްކުރާ ސެންޓަރުތަށް ނުވަތަ ފެސިލިޓީތަކަށް ކުރިއެރުން ގެނެސްދިނުން

ހެޔޮގޮތުގައި ކުނިމެނޭޖްކުރުމަށް އާންމުން އަހުލުވެރިކުރުމާއި ހޭލުންތެރިކުރުން

ޕްރޮޖެކްޓް ސަރަހައްދު

މި މަޝްރޫއު އަމާޒުވަނީ ކުނިމެނޭޖްކުރުމަށް ރާއްޖެ ޒޯންކޮށްފައިވާ ގޮތަށް ނިސްބަތްކުރާއިރު ރާއްޖޭގެ މައި ސަރަހައްދު ކަމުގައިވާ ޒޯން 3 ގައި ކުނި މެނޭޖްކުރުމުގެ ސިސްޓަމެއް ޤާއިމްކުރުމަށެވެ. ޒޯން 3 ގައި 35 ރަށް ހިމެނޭއިރު އާބާދީ އަކީ 185،368 އެވެ. މިއީ މުޅިރާއްޖޭގެ އާބާދީ ގެ 42.93 އިންސައްތައެވެ.

ޒޯން 3 ގައި ހިމެނެނީ

  • ފުރަމާލެ
  • ކާފު އަތޮޅު
  • އަލިފު އަލިފު އަތޮޅު
  • އަލިފު ދާލު އަތޮޅު
  • ވާވު އަތޮޅު

    ޒޯން 3 އަކީ ރާއްޖޭގެ އެންމެބޮދު ސިނާއީ ސަރަހައްދު ކަމަގުގައިވާތީ، ވަޒީފާ ހޯދުމަށްޓަކައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި އުޅޭ ދިވެހިންނާއި ބޭރުމީހުން މި ސަރަހައްދަށް ދަނީ ބަދަލުވަމުން

    ރާއްޖޭގެ މުޅި އާބާދީގެ 42 އިންސައްތަ މީހުނަށް މި ޕްރޮޖެކްޓްގެ ސަބަބަން ފައިދާކުރާނެ

    %

    ޒޯން 3 ގައި މީހުން ދިރިއުޅޭ 35 ރަށާއެކު ޖުމްލަ 157 ރަށުން ދުވާލެއްގެ މައްޗަށް 800 ޓަނުގެ ކުނި އުފައްދާ

    ރަށް މީހުން ދިރިއުޅޭ

    ޖުމްލަ ރަށުގެ އަދަދު

    ޓަނުގެ ކުނި ދުވާލަކަށް

    މުޅިން އައު ނިޒާމެއް

    ގްރޭޓާ މާލެ ސަރަޙައްދުގައި ޤާއިމު ކުރެވޭ ކުނިން ހަކަތަ އުފައްދާ މަޝްރޫގެ ދަށުން ކުނި މެނެޖް ކުރުމުގެ ޒަމާނީ ފެސިލިޓީ އެއް ގްރޭޓާ މާލެ އަދި ޖެހިގެން އޮތް 4 އަތޮޅު ހިމެނޭ ސަރަޙައްދަށް ޤާއިމު ކުރެވޭނެއެވެ. މިމަޝްރޫއުގެ ދަށުން ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ޤާއިމުކުރެވޭނެއެވެ.

    ކުނިން ޙަކަތަ އުފައްދާ ޕްލާންޓް

    ތިލަފުށީގައި ޤާއިމު ކުރެވޭ ކުނިންހަކަތަ އުފައްދާ ޕްލާންޓްގެ ސަބަބުން މި ސަރަޙައްދުގައި ކުނި މަނެޖް ކުރެވޭ ގޮތަށް ބޮޑު ބަދަލެއް އައުން

    ދެމެހެއްޓެނެވި ގޮތަކަށް ކުނި މެނެޖްކުރުން

    ދެމެހެއްޓެނެވި ގޮތަކަށް ކުނި މެނެޖްކުރުން ކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވި ސިނާއީ މަސައްކަތްތަކުން، ވިޔަފާރިތަކުން، ގޭގެއިން އުފެދޭ ކުނި މެނެޖް ކުރެވުން

    ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހި ކުރުން

    ކުނި މެނެޖް ކުރުމުގެ ނުރަނގަޅު ގޮތްތަކުގެ ސަބަބުން މިހާރު ދިމާވަމުންދާ ތިމާވެއްޓަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، އާންމު ސިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން

    ކާރިސީ ހިރާސް ކުޑަކުރުން

    މި މަޝްރޫޢު ފަރުމާ ކުރެވިފައވަނީ ކާރިސީ ހިރާސް ކުޑަކުރުމަށާއި މޫސުމީ ގޮތުން އަންނަ ބަދަލުތަކަށް ވިލުންވެރި ވުމަށާ ޖައްވު ނުސާފުވާ ވިހަ ގޭސްތައް މަދު ކުރުމާއިއެކު ސާފު ތިމާވެއްޓެއް އުފެދޭ ގޮތަށް

    ވިހަ މާއްދާ ހިމެނޭ ކުނި މަދުކުރުން

    ކުނި އެންދުން މަދުކުރުމާއި، ފަނާވާ ޒާތުގެ ކުންޏާއި ފަނާ ނުވާ ޒާތުގެ ކުނި އެއްނުކުރުމަށާއި ކުނި މޫދަށް އެޅުން މަދުކުރުން

    ކުނި ވަކި ކުރުމާއި ރީސައިކަލް ކުރުން

    ކުރިއަށް އޮތްތަނުގައި، ކުނި ވަކި ކުރުމާއި، ރީސައިކަލް ކުރުމާއި ގޭގެއިން އުފެދޭ ކުނި ނަގާ ގޮތަށް ބަދަލު އައުމާއެކު ކުނި މެނެޖް ކުރެވޭ ގޮތަށް ބަދަލު އައުން

    ވީޑިއޯ

    ތިލަފުށީން އަރަމުން އައި ވިހަ ދުން އެރުން ހުއްޓިއްޖެ

    I

    ފަހުގެ ޚަބަަރުތައް

    އަޅުގަނޑުމެންގެ ނިއުސްލެޓަރ އަށް ސަބްސްކްރައިބް ކުރައްވާ

    ކުނި ރިސައިކަލްކުރާ ނިޒާމުގެތެރެއިން ތަކެތި އުފައްދަން ތައްޔާރުވަމާތޯ

    އަޅުގަނޑުމެންގެ ބަތަލުން

    މި މަޝްރޫއުއަކީ އޭޑީބީ، ޖަޕާން ސަރުކާރު އަދި ދިވެހި ސަރުކާރުން ޚަރަދުކުރާގޮތަށް ހަމަޖެހިފައިވާ މަޝްރޫއުއެކެވެ.

    މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ