އަޅުގަނޑުމެންގެ ކުނި ނައްތާލުމާބެހޭ މަޝްރޫޢު

މަޝްރޫއުގެ އެހީގައި ޒަމާނީ ފެންވަރުގެ ކުނިނައްތާލާ ނިޒާމެއް ތިލަފުށީގައި ގާއިމްކުރެވޭނެ

ކުނި ނައްތާލުމާބެހޭ މަޝްރޫޢު

މި މަޝްރޫޢުގެ މައިގަޑު އަމާޒަކީ ޒޯން 3 ގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނިމެނޭޖް ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ. މަޝްރޫއިން ހިންގަން ކަނޑައަޅާފައިވާ ހަރަކާތްތަކުގެ ތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ގިނަގުނަ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން ކުނިމެނޭޖް ކުރާ ސިސްޓަމް ފަރުމާކުރުން، ކުނި މެނޭޖްކުރުމަށް ބޭނުންވާ އާލާތް ތަކާއި މެޝިނަރީ ހޯދުން، މަސައްކަތުގައި ހަރަކާތްތެރިވާ މީހުން ބިނާކުރުން/ ތަމްރީނުކުރުން، އާންމުން ހޭލުންތެރިކުރުމަށާއި އަހުލުވެރިކުރުވުމަށް އަދި އާދާކާދަ ބަދަލުކުރުމަށް ކެމްޕޭނުތައް ހިންގުން ހިމެނެއެވެ.

މަޝްރޫޢު ޚުލާސާ

އާރބަން ކުނިމެނޭޖްކުރާނެ ނިޒާމު ޤާއިމް ކުރުން

ދާއިރާ

ޒޯން 3 – ގްރޭޓަރ މާލެ (މާލެ، ހުޅުމާލެ، ވިލިމާލެ) އއ، އދ، ކ އަދި ވ އަތޮޅުގައި ހިމެނޭ ރަށްތައް

އަމާޒުވާ ސަރަހައްދު

191.13 މިލިއަން ޔޫއެސް ޑޮލަރު

ޖުމްލަ ބަޖެޓް

ފުރަތަމަ ފިޔަވަހި

  • އޭޝިއަން ޑިވެލޮޕްމަންޓް ފަންޑު (33.07 މިލިއަން ޔޫއެސް ޑޮލަރު) ހިލޭއެހީ
  • ޖަޕާން ފަންޑް ފޯ ޕަވަރޓީ ރިޑަކްޝަން (2 މިލިއަން ޔޫއެސް ޑޮލަރު) ހިލޭ އެހީ
  • ޓެކްނިކަލް އެސިސްޓަންޓް ފަންޑް (500،000 ޔޫއެސް ޑޮލަރު) ހިލޭ އެހީ
  • ދިވެހި ސަރުކާރު (4.43 މިލިއަން ޔޫއެސް ޑޮލަރ)

ދެވަނަ ފިޔަވަހި

  • އޭޝިއަން ޑިވެލޮޕްމަންޓް ފަންޑު، އޭ.އައި.އައި.ބީ އަދި ޖޭ.އެފް.ޖޭ.ސީ.އެމް (151.13 މިލިއަން ޔޫއެސް ޑޮލަރު)

މަޝްރޫއު ހިންގުމަށް ބަޖެޓް ހަމަޖެހިފައިވާ ގޮތް

  • މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ

މަޝްރޫއު ހިންގާ މައި އިދާރާތައް

28 ޖޫން 2018

މަޝްރޫއުހިންގުމަށް ހުއްދަ ލިބުނު ތާރީޚް

31 ޑިސެމްބަރ 2024

މަޝްރޫޢު ނިންމާ ތާރީޚް

މަޝްރޫޢު ތަޢާރަފް

މި މަޝްރޫއު އަމާޒުވަނީ ކުނިމެނޭޖްކުރުމަށް ރާއްޖެ ޒޯންކޮށްފައިވާ ގޮތަށް ނިސްބަތްކުރާއިރު ރާއްޖޭގެ މައި ސަރަހައްދު ކަމުގައިވާ ޒޯން 3 ގައި ކުނި މެނޭޖްކުރުމުގެ ސިސްޓަމެއް ޤާއިމްކުރުމަށެވެ. ޒޯން 3 ގައި 35 ރަށް ހިމެނޭއިރު އާބާދީ އަކީ 185،368 އެވެ. މިއީ މުޅިރާއްޖޭގެ އާބާދީ ގެ 42.93 އިންސައްތައެވެ.

ޒޯން 3 ގައި ހިމެނެނީ ގްރޭޓަރ މާލެ ރީޖަން (މާލެ، ހުޅުމާލެ، ވިލިމާލެ) ކ، އއ، އދ އަދި ވ އަތޮޅުގައި ހިމެނޭ ރަށްތަކެވެ. މި މަޝްރޫއަކީ ގިނަ ފަރާތްތަކެއްގެ މާލީ އެހީ އާއިއެކު ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. މަޝްރޫއުގެ މައިގަޑު އަމާޒަކީ ވޭސްޓް ޓު އެނަރޖީ ޕްލާންޓަކާއި އެކު ރީޖަނަލް ވޭސް މެނޭޖްމަންޓް ފެސިލިޓީ އެއް ތިލަފުށީގައި ޤާއިމްކުރުމެވެ.

މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ 2 ފިޔަވަށްސަށް ބަހާލައިގެން…

ފުރަތަމަ ފިޔަވަހި


40 މިލިއަން ޔޫއެސް ޑޮލަރު – އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭޑީބީ) އަދި ޖަޕާން ފަންޑް ފޯރ ޕަވަރޓީ ރިޑަކްޝަން (ޖޭއެފްޕީޢާރ)

  1. ކުނި ނެގުމާއި ގްރޭޓަރ މާލެ ސަރަހައްދުން ކުނި ޓްރާންފަރކުރުން (އުފުލުން) އަދި ސައިޓް މެނޭޖް ކުރުމަށާއި ލޮޖިސްޓިކަލް މަސައްކަތްތަކަށް ކުރިއެރުން ގެނެސްދިނުން.
  2. ރަށްރަށުގެ ކުނި މެނޭޖްކުރާ ސެންޓަރުތަށް ނުވަތަ ފެސިލިޓީތަކަށް ކުރިއެރުން ގެނެސްދިނުން.
  3. ހެޔޮގޮތުގައި ކުނިމެނޭޖްކުރުމަށް އާންމުން އަހުލުވެރިކުރުމާއި ހޭލުންތެރިކުރުން
ދެވަނަ ފިޔަވަހި

151.13 މިލިއަން ޔޫއެސް ޑޮލަރ (އޭޑީބީ، އޭއައި އައި ބީ، ޖޭއެފްޖޭސީއެމް)

  1. މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް، ވޭސްޓް ޓު އެނަރޖީ ޕްލާންޓަކާއި ލޭންޑް ފިލްއެއް ހިމެނޭގޮތަށް ޤާއިމްކުރުން
  2. ކުނި ޖަމާކުރާ ސަރަހައްދު ތަރައްޤީކުރުން
  3. ކުނިމެނޭޖްކުރުމުގައި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީން ދިނުން އަދި އާންމުން ހޭލުންތެރިކުރުން

މަޝްރޫޢު ހިންގާ ސަރަހައްދު

ޒޯން 3 – ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭރަށް ތަކާއި އއ، އދ، ކ އަދި ވ އަތޮޅުގައި ހިމެނޭ ރަށްތައް

މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ޒޯން 3 ގައެވެ.

މި ސަރަހައްދުގައި މީހުން ދިރިއުޅޭ 35 ރަށާއެކު ޖުމްލަ 185،368 މީހުންގެ އާބާދީއެއް އޮވެއެވެ. އެއީ ރާއްޖޭގެ އާބާދީގެ %42.93 އެވެ.

ޒޯން 3 އަކީ ރާއްޖޭގެ އެންމެބޮދު ސިނާއީ ސަރަހައްދު ކަމަގުގައިވާތީ، ވަޒީފާ ހޯދުމަށްޓަކައި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި އުޅޭ ދިވެހިންނާއި ބޭރުމީހުން މި ސަރަހައްދަށް ދަނީ ބަދަލުވަމުން

ރާއްޖޭގެ މުޅި އާބާދީގެ 42 އިންސައްތަ މީހުނަށް މި ޕްރޮޖެކްޓްގެ ސަބަބަން ފައިދާކުރާނެ

%

ކުނި މެނޭޖްކުރުމުގެ ހާލަތު

ކުނިމެނޭޖް ކުރުމަކީ ރާއްޖެއަށް ދިވާމެފައިވާ އެންމެ ބޮޑު ތިމާވެށީގެ މައްސަލައެވެ. މި މައްސަލަ މިހާ ބޮޑު ވެފައިވަނީ:

  • އުމްރާނީ ތަރައްޤީގެ ކުރިއެރުންތަކުގެ ސަބަބުން
  • މީހުންގެ ދިރިއުޅުމަށާއި އާދަކާދައަށް އައިސްފައިވާ ބަދަލު، ޚާއްސަކޮށް އާންމުދިރިއުޅުމުގައި ބޭނުން ކުރަމުން އަންނަ ތަކެއްޗަށް އައިސްފައިވާ ބަދަލުގެ ސަބަބުން
  • ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތް، ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އޮތްއޮތުން އަދި އާބާދީ ގިނަރަށްތަކެއްގެ މައްޗަށް ބެހިފައިވުން. މިކަމުގެ ސަބަބުން ތަފާތު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވޭ،

މާލެއިން ކުނި ޓްރާންސްފަރ ކުރުމުގެ އިންތިޒާމު ހަމަޖެހިގެންދާނެގޮތް

މާލެ ސަރަޙައްދުން ނަގާ ކުނި ގެންދެވޭނީ މާލޭގައި ގާއިމުކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންއަށެވެ. މިއީ އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމުކުރެވޭ ތަނެކެވެ. އެ ތަނުން ކުނި ޓްރާންސްފަރ ކުރެވޭނީ މިކަމަށް ޚާއްސަކޮށް ފަރުމާކުރެވިފައިވާ ޓްރާންސްފަރ ވެސެލް ނުވަތަ ބާޖް /ބޯޓުތަކެއްގައެވެ. މި ބާޖް ތަކުގައި ކުނިތައް ފިއްތާލެވި އަދި ފަތުރާލެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ. ކުނި ތިލަފުއްޓަށް ގެންނެދެވޭނީ ޓްރާންސްފަރ ވެސެލް ނުވަތަ ބާޖުތަކުގައެވެ.

ރަށްރަށުގައި ކުނި މެނޭޖް ކުރުމުގެ ކަންތައް އިންތިޒާމް ވެފައިވާ ގޮތް

ރަށްރަށުގައި ހެޔޮގޮތުގައި ކުނިމެނޭޖް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ނެތުމަކީ މި މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ގިނަ ރަށްރަށުގައި ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތެވެ. މީގެ ސަބަބުން ކުނި މޫދަށް އެޅުމާއި، އެންދުންވަނީ އާއްމުވެފައެވެ. ބައެއް ރަށްރަށުގައި އާންމު ރައްޔިތުން ކުނި އުކާ ސަރަހައްދަށް ކުނި ގެންދާގޮތަށް ހަމަޖެހިފައިވެއެވެ. އަނެއްބައި ރަށްރަށުން ކުނި އުކާލުމުގެ އިންތިޒާމް އަމިއްލަ ފަރާތްތަކާއި ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކުރިޔަށް ގެންދެވެއެވެ.

 ކުނި މެނޭޖް ކުރުމުގައި ހުރި މައިގަނޑު ގޮންޖެހުންތައް

ތޮށްޖެހިފައިވުން

ރާއްޖޭގެ ޖުމުލަ އާބާދީ އަކީ 437،535 އެވެ. އަދި މީގެ %78 އަކީ ދިވެހިރައްޔިތުންނެވެ.(އެން.ބީ.އެސް؛ 2014) ރާއްޖޭގެ އާބަދީގެ %40 އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުންއަންނަނީ މާލޭ ސަރަޙައްދުގައެވެ. މީގެ ސަބަބުން ޒޯން 3 ގައި ހިމެނޭ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކުނީގެ ސަބަބުން ގިނަގުނަ ތަކްލީފުތަކާއި ކުރިމަތިވެފައިވެއެވެ. އަދި ކުނި ނެގުމާއި، ނައްތާލުމުގެ ގޮތުން ކުނި އެންދުމުގެ ސަބަބުން ސިއްހީ އެތަށް މައްސަލައަކާ ރައްޔިތުން ކުރިމަތިލާން ޖެހިފައިވެއެވެ.

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތާއި ގުޅިގެން ދިމާވާ ކުނިމެނޭޖްކުރުމުގެ މައްސަލަތައް

ރާއްޖެ އަކީ ބިންތިރި، ބިން މަދު، ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ކުދި ޖަޒީރާ ރަށްތަކެއް އެކުލެވޭ ޤައުމެކެވެ. ރާއްޖޭގެ އާބާދީ ގިނަ ރަށްތަކަކަށް ފެތުރިފައި ވުމުގެ ސަބަބުން އިޖްތިމާޢީ ޚިދުމަތްތައް ޤާއިމު ކުރުމާއި ފޯރުކޮށްދިނުމަކީ ޚަރަދު ބޮޑު ދެކޮޅުޖައްސަން ދަތި ކަމެކެވެ. މޫސުމީ ބަދަލުތަކާ ގުޅިގެން އުފެދޭ ޤުދުރަތީ ކާރިސާތަކަށް ރާއްޖޭގެ ނާޒުކު ތިމާވެށި ވަނީ ހުށަހެޅިފައެވެ.

ކުނީގެ މައްސަލަ ހައްލު ކުރެވޭނީ ކިހިނެއް؟

ކުނިމެނޭޖް ކުރުމުގެ މައްސަލަ ހައްލުކުރުމަށް ހުރި ގޮންޖެހުންތަކުގެ ސަބަބުން ހަރުދަނާ ސިސްޓަމެއް ގާއިމު ކުރުމަށް ގިނަ ދަތިތައް ދިމާވެފައިވެއެވެ. މި މައްސަލަތައް ހައްލު ކުރުމަށްޓަކައި މި މަޝްރޫއިން މައިގަޑު ތިންދާއިރާއަކަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ކުރެވޭނެއެވެ.

އާންމުން ހޭލުންތެރިކުރުން

ހެޔޮގޮތުގައި ކުނިމެނޭޖް ކުރުމަށް އަމަލު ކުރަންޖެހޭގޮތާއި މެދު އާންމުން ހޭލުންތެރިކުރުން. މި ގޮތުން ކުނިމަދުކުރުމާއި، އަލުންބޭނުން ކުރުމާއި ރީސައިކަލް ކުރުން (3 އާރ) އަށް ރިއާޔަތްކޮށް ދިރިއުޅުމުގެ އާދަ ކާދަ ބަދަލު ކުރުމަށް ބާރު އެޅުން.

މީހުން ބިނާކުރުން

ކުނި މެނޭޖްކުރުމުގެ މަސައްކަތް ތަންފީޒުކުރުމަށާއި މިދާއިރާއިން މަޝްރޫޢުގެ އެހީގައި ގެނެވޭ ތަރައްޤީ އަށް މީހުން އަހުލުވެރިކުރުމަށް އަދި ބިނާކުރުމަށް ބޭނުންވާ ތަމްރީން ދިނުން. އަދި ތިމާވެށި ބެލެހެއްޓުމަށާއި މޮނިޓަރ ކުރުމަށް މުއައްޒަފުން އަހުލުވެރި ކޮށްދިނުން.

ކުނިމެނޭޖް ކުރުމުގެ އިންތިޒާމްތައް ހަރުދަނާ ކުރުން

ކުނި ނެގުމާއި،ޓްރާންސްފަރކުރުމާއި، ނައްތާލުމާއި (ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި) ރީސައިކަލް ކުރުމާއި، ކުނިޖަމާ ކުރަންބޭނުންކުރާ ސަރައްހައްދު ރީހެބިލިޓޭޓް ކުރުން.

މަޝްރޫޢުގެ މައިގަނޑު މަސައްކަތްތައް

ކުނިމެނޭޖްކުރުމަށް ޤާއިމްކުރެވޭ ސިސްޓަމް ފަރުމާ ކުރުމާއި ގާއިމު ކުރުން

  • ކުނިމެނޭޖްކުރުމަށް ޤާއިމްކުރެވޭ ސިސްޓަމް ފަރުމާ ކުރުމާއި ގާއިމު ކުރުން
  • ކުނި ނެގުމާއި ޓްރާންސްފަރކުރުން އަދި ނައްތާލުމުގެ އެންމެހައި މަސައްކަތްތަކަށް ބޭނުންވާ ނިޒާމުތައް ފަރުމާކޮށް ގާއިމު ކުރުން
  • ކުނިނެގުމުގެ އުސޫލުތައް ހަރުދަނާ ކުރުން
  • ޑަސްބިން، ކުނި އުފުލާ އުޅަނދު
  • 2 ޓްރާނސްފަރ ސްޓޭޝަން ޤާއިމްކުރުން
  • 3 ޓްރާންސްފަރ އުޅަނދު (ކަނޑުދަތުރުކުރާ) ހޯދުން
  • އިކްޕްމަންޓް އަދި ކުނި އުކާލާ/ ނައްތާލާ ސަރަހައްދު ބޭނުންކުރެވޭ ގޮތްތަކަށް ހެޔޮބަދަލު ގެނައުން

އާންމުން ހޭލުންތެރި ކުރުމާއި މީހުން ބިނާކުރުން

  • ހެޔޮގޮތުގައި ކުނި ނައްތާލުން
  • އާންމުން ހޭލުންތެރިކުރުމާއި ކުނިމެނޭޖްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދިރިއުޅުމުގެ އާދަ ކާދަ ބަދަލުކުރުމަށް ބާރުއެޅުން
  • ޖެންޑަރ އެކްޝަން ޕްލޭން ތަންފީޒުކުރަން އެހީތެރިވެދިނުން
  • ރަށްރަށުގައި ކުނިމެނޭޖް ކުރުމުގައި ހަރަކާތްތެރިވާ ފަރާތް ތަކަށް ބޭނުންވާ ތަމްރީން ދިނުން. މި ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުނިކޮށި ބޭނުންކުރުމާއި، ފެސިލިޓީ އޮޕަރޭޓް ކުރުމާއި ބެލެހެއްޓުން ހިމެނެއެވެ. މި ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަކީ %50 ކަމުގައި ވާނެއެވެ
  • ކާރިސީ ހިރާސް ކުޑަ ކުރުމަށް މުއައްސަސާ ތަކާއި އާންމުން އަހުލުވެރި ކުރުން

މަޝްޜޫއިން ތަންފީޒުކުރާ މައިގަނޑު ކަންތައްތައް

މަޝްރޫޢުގެ ތަންފީޒީ ކަންތައްތައް

  • އައުޓް ޕުޓް 1: ކުނި ނެގުން، ޓްރާސްފަރ އަދި ނައްތާލާނެ އިންތިޒާމު/ ވަސީލަތްތައް ތަރައްޤީކުރުމާއި މޫސުމީ ބަދަލުތަކުން ވިލުންވެރިކުރުން.
  • އައުޓް ޕުޓް 2: މުޖުތަމަޢުގެ ބައިވެރިވުމާއެކު ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުން. މުޖުތަމަޢުގެ އެންމެހާ ފަރުދުންނަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުން (އެއްވެސް ފަރުދަކު ބާކީ ނުވާ ގޮތަށް)
  • އައުޓް ޕުޓް 3: ދެމެހެއްޓެނިވި ގޮތެއްގައި ކުނިމެނޭޖްކުރުުމުގެ މަސައްކަތްތަކަށް މަގުފަހިކުރުމަށާއި މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ތަމްރީނުދިނުން. އަދި ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ ގޮތުން ޢާންމުން ހޭލުންތެރިކުރުން. މިގޮތުން ކުނި މަދުކުރުމާއި، އަލުން ބޭނުން ކުރުން އަދި ރީސައިކަލް ކުރުމަށް (3 އާރު) ބާރުއެޅުން.

މަޝްރޫޢިން ހާސިލުކުރަން ބޭނުންވާ ކަންތައްތައް

  • މަޝްރޫއު ހިންގޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ސާފު ތިމާވެށްޓެށްގައި ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން
  • ކުނިމެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާކޮށް މޫސުމީ ބަދަލުތަކުން ވިލުންވެރިކަން އިތުރުކުރުން

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

ޕްރޮޖްކްޓް ޑައިރެކްޓަރ

އަހްމަދު މުރްތަޒާ

ޕްރޮޖެކްޓް މެނޭޖަރ

އިބްރާހިމް ޒަމީލް

ޕްރޮކިއުމަންޓް ސްޕެޝަލިސްޓް

އައިމިނަތު މަލީލާ ސާލިޙް

ސިވިލް އިންޖިނިއަރ

މުޙައްމަދު ލަތީފް

ފައިނޭންސް ސްޕެޝަލިސްޓް

އައިމިނަތު އަފީފް

ފައިނޭންސް އެސޯސިއޭޓް

ހަސަން ޝާހިލް

ސޯޝަލް އެންޑް އެންވަޔަރަންމެންޓަލް ސޭފްގާޑް ސްޕެޝަލިސްޓް

ޑރ. އިބްރާހީމް މުޙައްމަދު

އެސިސްޓެން ޕްރޮޖެކްޓް ކޯޑިނޭޓަރ

ޝިމްހާޒް ވާފިރު