ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކުރުން – ތަމްރީން ހިންގާ ފަރާތްތަކުގެ އަތްމަތީ ފޮތް ނޮވެމްބަރ 2021

މި ޓޫލްކިޓް ތައްޔާރުކުރެވިފައިވަނީ ދަ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ސޮލިޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫއުގެ ބޭނުމަށެވެ. މި ޓޫލްކިޓްގެ އެހީގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން އައްޔަންކުރެވޭ ފަރާތްތަކާ ރަށުގެ ވެރިންނާއި މުޖުތަމައުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ސާފު ވެއްޓެއް ގާއިމްކުރުމަށް ރަށުފެންވަރުގައި ކުނި މެނޭޖްކުރުމުގެ ޕްލޭން ތައްޔާރުކުރުމަށް އެހީތެރިވެދެވޭނެއެވެ.