މާލޭގައި ހިންގާ އެކި މީޑިއާގެ ޚިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް މީޑިއާ އެންގޭޖްމަންޓް ސެޝަންއެއް ހިންގުން

މާލޭގައި ހިންގާ އެކި މީޑިއާގެ ޚިދުމަތްދޭ ފަރާތްތަކަށް އަމާޒުކޮށް، ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނެޖްމަންޓް ޕްރޮޖެކްޓް އާއި ބެހޭ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށާއި ހެޔޮގޮތުގައި ކުނި މެނެޖް ކުރުމުގައި މީޑިއާގެ ދައުރުގެ މައްޗަށް ހިންގުނު “މީޑިއާ އެންގޭޖްމަންޓް ސެޝަންއެއް” 19 އޮކްޓޯބަރު 2021 ގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި މީޑިއާގެ ޚިދުމަތް ދޭ 6 ތަނަކުން ބޭފުޅުން ބައިވެރިވިއެވެ.