އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރާ ސިޔާސަސަތު

1 ޖޫން 2021 އިން ފެށިގެން 8 ބާވަތެއްގެ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލްޖީ އިން ރާއްޖެ އެތެރެ ކުރުން މަނާކޮށްފައެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ކުނީގެ ގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށާއި، ސިއްޙީގޮތުންނާއި، އަދި އިޖްތިމާޢީ ގޮތުން ކުރާ ނޭދޭވޭ އަސަރު ތަކަށް ރިއާޔަތްކޮށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ވަނީ ” ސިންގަލްޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން 2020-2023 އުފައްދަވާފައި އަމަލު ކުރަން ފައްޓަވާފައެވެ.

މި ފޭސް އައުޓް ޕަލޭން އަކީ އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ރާއްޖޭގައި ބޭނުން ކުރުން ނައްތާލުމައްޓަކައި، އޭގެ ބާވަތްތައް އެތެރެކުރުމާއި، އުފެއްދުމާއި ބޭނުންކުރުން ހުއްޓާލުމާއެކު، އޭގަބަދަލުގައި، ތިމާވެއްޓާއި ރައްޓެހި، ގިނަ ފަހަރު ބޭނުންކުރެވޭ ތަކެތި ޢަންމުކޮށް ބޭނުންކުރުމަށް ކުރެވޭ މަސައްކަތެކެވެ. މި ބަދަލު ގެ ސަބަބުން އިންސާނުންގެ ޞިއްޙަތު އަދި ރާއްޖޭގެ ނާޒުކު ތިމާވެށި ރާއްކާތެރި ކުރުމަށް އެހީވެދޭނެއެވެ. މީގެ އިތުރުން، މީހުންގެ ހޭލުންތެރި ކުރުވައި، އުނގަންނައިދިނުމުގެ ކެޕްއިންއެއްގެ ދަށުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމާއެކު މީގެ ބަދަލުގައި ދިގުމުއްދަތަށް ބޭނުންކުރެވޭ ތަކެތި ބޭނުންކުރުމުގެ އާދަ ހިފުމެވެ.

ތިރީގައި މިވަނީ 1 ޖޫން 2021 އިން ފެށިގެން ރާއްޖޭ އެތެރެ ކުރުން މަނާތަކެއްޗެވެ.

ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ހޮޅި

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ތަށި، އުލާއި، ސަމުސާ، އަދި ބުއިންތައް ގިރުމަށް ބޭނުން ކުރާ ދަނޑިކޮޅު

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބާޒާރު ކުރާ ކޮތަޅު، 30×30 ސެންޓިމީޓަރު

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބުއިމަށް ބޭނުންކުރާ ޖޯޑު/ތަށި، 250 އެމް އެލް އަށް ވުރެ ކުޑަ

ޕްލާސްޓިކް ދަނޑިކޮޅު ލާފަ ހުންނަ ކަފަބުރު

50 އެމް އެލް އަށް ވުރެ ކުޑަ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަޝޭމްޕޫ، ލޯޝަން، ދިޔާ ސައިބޯނި، ކޮންޑިޝަނަރ

500 އެމް އެލް އަށް ވުރެ ކުޑަ ފުޅީގައި ބަންދުކޮށް، ރާއްޖެ އެތެރެކުރާ، ބުއިމަށް ބޭނުންކުރާ ފެން