ކުނި މެނެޖް ކުރުމުގެ ޕްލޭން ކުރުމަށް އެހީތެރި ވުމުގެ ގޮތުން ބޭއްވި ވޯކްޝޮޕް

ކުނި މެނެޖް ކުރުމުގެ ޕްލޭން ކުރުމަށް އެހީތެރި ވުމުގެ ގޮތުން ވ. އަތޮޅު ފުލިދޫގެ އިސްވެރިންނަށް އަމާޒުކޮށް މަސައްކަތު ބައްދަލުވުމެއް މި އޮކްޓޯބަރު މަހު 12 އިން 14 އަށް ފުލިދޫގައި ބެއްވުނެވެ. މި ބައްދަލުވުމުގައި ފުލިދޫ ކައުންސިލުގެ މެންބަރުންނާއި، ކައުންސިލުގެ އިދާރީ މުއައްޒަފުންނާއި، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއި، ރަށުގެ އެހެނިހެން މުހިންމު މުއައްސަސާތަކުންނާއި، ޖަމްއިއްޔާ ޖަމާޢަތްތަކުން ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.މިއީ ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނެޖްމަނަޓް ޕްރޮޖެކްޓްގެ ދަށުން ޒޯން 3 ގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ހެޔޮގަތުގައި ކުނި މެނެޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ދަށުން ހިންގުނު މަސައްކަތު ބައްދަލު ވުމެކެވެ.