ކުނި ބައިބަޔަށް ވަކިކުރުން

17 ޢޯގަސްޓް 2012 ވަނަ ދުވަހު ކުނި މެނެޖް ކުރުމުގެ ޤަވާޢިދަށް2013/R-58 5 ވަނަ އިޞްލާޙް ވަނީ ގެޒެޓް ކުރައްވާފައެވެ. މި އިޞްލާޙްގެ ދަށުން މިހާރު ކުނި މެނެޖްކުރުމުގެ ދާއިރާއިން ކުރެވެމުންދާ ގިނަ މަސައްކަތް ތަކަކަށް އެދެވޭ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ.

މި އިޞްލާޙްގެ 6 ވަނަ މާއްދާގައި ބުނާގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި، ރިސޯޓް ތަކުން، މަދުވެގެން 4 ކެޓެގަރީ އަށް ކުނި ވަކި ކުރަން ޖެހެއެވެ. މި ކެޓަގަރީ ތަކަކީ 1) އޯގެނިކް ކުނި(ކުނިވާ ޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާ ޒާތުގެ ކުނި) 2) ޕްލާސްޓިކް ފުޅި 3) މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް 4) މި 3 ބާވަތް ފިޔަވައި އެހެން ހުރިހައި ބާވަތެއްގެ ކުނި

އެހެންނަމަވެސް، މާލޭ ސިޓީގެ ކުނި ވަކިކުރަން ހަމަޖެހިފައިވަނީ 3 ކެޓަގަރީ އަކަށެވެ. މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް ކުނި ވަކި ކުރާ ބާވަތްތަކުގެ ތެރެއަކު ނުހިމެނެއެވެ.

މި އިޞްލާހްގެ ދަށުން ބޮޑެތި (ބަލްކީ) ކުނި ( ގޭގައި ހިފާ ގެންގުޅެ ސާމާނު، ފުރިޖު، ޓީވީ، ދޮންނަމެޝިނު، މިނޫންވެސް މިފަދަ ކުނި އެހެން އެއްވެސް ކުންޏަކާ އެއްކުރެވިގެން ނުވާނެއެވެ. އަދި ކުނި ވަކި ކުރަން އިތުރު ކެޓަގަރީތައ ތަޢާރަފް ކުރުމަކަށް ކައުންސިލް ތަކަށް މަނަލެއް ނުކުރެއެވެ.