ގޭގޭގައި ކުނި މަދުކުރާނީ ކިހިނެއް؟
ގެއިން ކުނި މަދުކުރެވޭނެ ވަރަށް ގިނަ ގޮތްގޮތް ހުންނާނެއެވެ. ތިރީގައި މިވަނީ މިގޮތުން ކުރެވިދާ ބައެއް ކަންތައްތަކެވެ.
- ބާޒާރުކުރަން ފޮތި ކޮތަޅު ބޭނުން ކުރާށެވެ. ކޮންމެ ފަހަރަކު ބާޒާރަށް ދާއިރު ފޮތި ކޮތަޅު ގެންދަން ހަނދާން ނެތޭނަމަ އަތްދަބަހުގައި ކޮތަޅެއް ގެންގުޅޭށެވެ. ނޫންނަމަ ފަތްޖަހާ ކުޑަކޮށްލެވޭ ވަރުގެ ފޮތި ކޮތަޅެއް އަތްދަބަސް ތެރޭގައި އަބަދުވެސް ބާއްވާށެވެ.
- ކޮންމެހެން ބޭނުންވާ ވަރަށްވުރެ އިތުރަށް ނުގަންނާށެވެ. މަދު އެތިކޮޅަކުން ފުއްދައިގެން އުޅެން އާދަކުރާށެވެ. އަދި ގޭތެރޭގައި ގިނަ ދުވަހު ބޭނުން ނުކޮށް ހުންނަ ތަކެތި ރިސައިކްލ ކުރާށެވެ.
- ގެއަށް ބޭނުން ވާ އެއްޗެހި ގަންނައިރު ވިހާވެސް ކުޑަކޮށް ބަންދުކޮށްފައި ހުންނަތަކެތި ގަންނާށެވެ. ތަރުކާރީ އާއި މޭވާ ސުޕަރ މާކެޓުން ގަތުމަށްވުރެ ލޯކަލް މާރުކޭޓުން ގަތުމުން ޕެކޭޖިން ކުޑަވާނެއެވެ.
- ކުދިންނަށް ހަދިޔާ ގަންނައިރު، އެކުދިން ބޭނުންވާ ތަކެތި ދޭން އާދަކުރާށެވެ. އޭތިމީތި ދިނުމުން އެކުދިން ބޭނުމެއް ނުކުރާނެއެވެ. އަދި ކުނީގެ ގޮތުގައި އުކާލަން ޖެހިދާނެއެވެ. އެއްފަހަރު ބޭނުންކޮށްފައި ހުރި ރިބަން ހަދިޔާ ބަންދު ކުރާ ކަރުދާސް، ފޮށި، ކޮތަޅު ފަދަ ތަކެތި ދެވަނަ ފަހަރަށް ނުވަތަ އެހެން ފަހަރަކުބޭނުން ކުރުމަށް ރައްކާކުރާށެވެ
- ގެއިން އޮފީސް މަސައްކަތް ކުރާއިރު، ޕްރިންޓް ކުރަން ޖެހޭ ތަކެތިގަނޑުގެ ދެފުށަށް ޕްރިންޓް ކުރާށެވެ. ބިލްތައް އޮންލައިން ކޮށް ދައްކާށެވެ. ޑޮކިއުމަންޓް ކިޔައި އެޑިޓް ކުރަން ބޭނުންނަމަ ޕްރިންޓް ނުނަގައި، ކޮންމްޕިއުޓަރުން އެޑިޓް ކުރާށެވެ.