Take Action

Take the step to reduce, reuse and recycle

What we can do as …

ރީސައިކަލް ކުރެވޭ ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކްގެ ބައެއްބާވަތްތައް، މައުދަނުގެ ބާވަތްތައް، ބިއްލޫރި އަދި ކަރުދާސްފަދަ ބާވަތްތަކުގެ ކުންޏެވެ. ހެޔޮގޮތުގައި ކުނި މެނޭޖްކުރުމަށް ކުރެވޭ އެންމެ މުހިއްމު އެއްކަމަކީ ރީސައިކަލް ކުރެވޭ ބާވަތްތަކުގެ ކުނި ވަކިކޮށް ރީސައިކަލް ކުރާފަރާތްތަކަށް ފޯރުކޮށްދިނުމެވެ. މިހެންކަންކުރުމުން އެ ބާވަތްތައް ރީސައިކަލްކުރެވި އައު ތަކެތި އުފެއްދެއެވެ. ރާއްޖޭގައި އުފެދޭ ރީސައިކަލް ކުނީގެ ބާވަތްތައް އެކިރަށްރަށުން ނެގުމަށްފަހު ރާއްޖޭންބޭރުގައި ރީސައިކަލް ކުރާ ކުންފުނިތަކަށް ފޮނުވާ ތަފާތު ފަރާތްތައް މަދުންނަމަވެސް ހަރަކާތްތެރިވެއެވެ.

ރީސައިކަލް ކުރެވޭ ކުނީގެ ބާވަތްތައް ހޮވާ ނެގުމުން ކުނި އަޅާސަރަހައްދުތަކުން އަދި ގޮޑުދޮށްތަކާ ކަނޑުން ކުނި މަދުވެ ތިމާވެށްޓަށް ވަމުންދާ ގެއްލުންތައް ކުޑަކުރެވެއެވެ. އަދި މީގެ ސަބަބުން ތިމާވެށިން ލިބެންހުންނަ ވަސީލަތްތައް އާތަކެތި އުފެއްދުމަށް ބޭނުންކުރާ މިންވަރު ކުޑަވެގެންދެއެވެ. މިގޮތުން ކަރުދާސް އުފެއްދުމަށް ގަސްކަނޑާ މިންވަރު މަދުވެ މައިންކޮށްގެން މައުދަނުގެ ބާވަތްތައް ނަގާ މިންވަރު މަދުވެގެންދެއެވެ. އަދި މީގެ އިތުރުން މުޅިންއާ އެއްޗެއް އުފެއްދުމަށް ހޭދަކުރަންޖެހޭ...

17 ޢޯގަސްޓް 2012 ވަނަ ދުވަހު ކުނި މެނެޖް ކުރުމުގެ ޤަވާޢިދަށް2013/R-58 5 ވަނަ އިޞްލާޙް ވަނީ ގެޒެޓް ކުރައްވާފައެވެ. މި އިޞްލާޙްގެ ދަށުން މިހާރު ކުނި މެނެޖްކުރުމުގެ ދާއިރާއިން ކުރެވެމުންދާ ގިނަ މަސައްކަތް ތަކަކަށް އެދެވޭ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ.

މި އިޞްލާޙްގެ 6 ވަނަ މާއްދާގައި ބުނާގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައާއި، ސިނާއީ މަސައްކަތް ކުރާ ރަށްރަށާއި، ރިސޯޓް ތަކުން، މަދުވެގެން 4 ކެޓެގަރީ އަށް ކުނި ވަކި ކުރަން ޖެހެއެވެ. މި ކެޓަގަރީ ތަކަކީ 1) އޯގެނިކް ކުނި(ކުނިވާ ޒާތުގެ ކުންޏާއި، އަމިއްލައަށް ފަނާވާ ޒާތުގެ ކުނި) 2) ޕްލާސްޓިކް ފުޅި 3) މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް 4) މި 3 ބާވަތް ފިޔަވައި އެހެން ހުރިހައި ބާވަތެއްގެ ކުނި

އެހެންނަމަވެސް، މާލޭ ސިޓީގެ ކުނި ވަކިކުރަން ހަމަޖެހިފައިވަނީ 3 ކެޓަގަރީ އަކަށެވެ. މަޢުދަނާއި ބިއްލޫރީގެ ބާވަތްތައް ކުނި ވަކި ކުރާ ބާވަތްތަކުގެ ތެރެއަކު ނުހިމެނެއެވެ....